އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަން ނިންމައިފިއެވެ. މިގޮތަށް ނިންމިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް...

05 Oct 2018 | 07:32

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ދަނޑުގައި ބާއްވަން ނިންމައިފިއެވެ.

މިގޮތަށް ނިންމިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ކޮމިޓީގެ ޗެއާގެ މަގާމުވެސް އަދާކުރައްވަމުން އަންނަ ހަސަން ލަތީފް ވިދާޅުވީ ގަލޮޅު ދަނޑުގައި އެ ރަސްމިއްޔާތު ބާއްވަން ނިންމީ ގަލޮޅު ދަނޑަކީ ވަރަށް ގިނަ މީހުންނަށް ވަދެވޭ ތަނަކަށް ވާތީ ކަމަށެވެ.

ހަސަން ވިދާޅުވީ އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބޭރުގެ އެކި އެކި ފަރާތްތަކަށް ދައުވަތު އަރުވާނެ ކަމަށެވެ. އެގޮތުން އެކި ގައުމުތަކުގެ އިސްވެރިންނާއި ހެޑް އޮފް ސްޓޭޓުންނާއި ފޮރިން މިނިސްޓަރުންނާއި މިޝަންތަކުގެ އެންމެ އިސް ފަރާތްތަކަށް ދައުވަތު އަރުވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބައިވެރިވާ ބޭނުންވާ ހުރިހާ ފަރާތަކަށް އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށާއި ދަނޑުގައި ތަން އޮތް މިންވަރަކުން ރަސްމިއްޔާތަށް އެންމެންނަށްވެސް ވަދެވޭނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް