ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައި، އައްޑޫ ސިޓީ ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އައްޑޫ ލައިވް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ހިތަދޫ ރުއްޖެހެރަ ހިސާބުގައި ހުންނަ ކުނިކޮއްޓާއި ދިމާލުން ހިނގި މި އެކްސިޑެންޓް ހިނގި އިރު ކާރުގައި ތިބީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ.
ހިތަދޫ ހޮސްޕިޓަލާއި ހަވާލާދީ ބުނެފައިވާގޮތުގައި އެކްސިޑެންޓްގައި އަނިޔާވެގެން އެއްވެސް މީހަކު މިހާތަނަށް އެ ހޮސްޕިޓަލަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެމްބިއުލާންސް ފޮނުވުމަށް އެދި ހޮސްޕިޓަލަށް ގުޅާފައި ނުވާކަމަށްވެސް އެ ހޮސްޕިޓަލާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ދަންވަރު 12:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި އެ ކާރު ކޮންޓްރޯލުން ނެއްޓީ ކުރިމަތިން ޕިކަޕެއް ހުރަސް ކުރުމުންނެވެ. ނަމަވެސް އެ ޕިކަޕުގައި ކާރު ޖެހިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް