ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވި ދެމީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވި ދެމީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ 2 ފިރިހެނުންނެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. ފުލުހުން ބުނީ އެމީހުން ފު...

05 Oct 2015 | 02:48

ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވި ދެމީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ 2 ފިރިހެނުންނެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން ބުނީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ޢާންމުފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ހިންގި ހަރަކާތެއްގައި އިއްޔެ ހަވީރު 6:00 ހާއިރު އިބްރާހީމް ޙަސަން ދީދީ މަގުން އެމީހުން ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށެވެ.

އެމީހުންނާއި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ސައިކަލު ބަލައި ފާސްކުރިއިރު ސައިކަލުގެ އަސްލަށް ބަދަލުގެންނަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް