ފަލަސްތީނުން އިޒްރޭލަށް އަމާޒުކޮށް އިއްޔެ ރޮކެޓް ހަމަލާއެއް ދީފައި ވާކަމަށް އިޒްރޭޅު ސިފައިން ހާމަކޮށްފި އެވެ.
އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެ ހަމަލާ އަމާޒުވީ އިޒްރޭލުގެ ހުސް ބިމަކަށް ކަމަށާއި ހަމަލާގައި އެއްވެސް މީހަކު ޒަހަމް ނުވާ ކަމަށެވެ.
އިޒްރޭލާ ފަލަސްތީނުގެ މަސްރަހު އަނެއްކާވެސް ގޯސް ވަމުން އަންނައިރު ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އިޒްރޭލުން ވަނީ ފަލަސްތީނަށް ވައިގެ މަގުން ހަތަރު ހަމަލާއެއް ދީފަ އެވެ.
މި ދެ ގައުމުގެ މެދުގައި މި ފަހަރު މަސްރަހު ގޯސްވެފައި މިވަނީ މަސްޖިދުލް އަޤްޞާ އަށް ހަތިޔާރާއެކު އިޒްރޭލު ފުލުހުނ ވަދެގަންނަން ފެށުމުންނެވެ. އަދި އިޒްރޭލުގެ ޔަހޫދީން މިސްކިތުގެ ތެރެއަށް ވައްދަން އިޒްރޭލު ފުލުހުން މަސައްކަތް ފެށުމުންނެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އަޤްޞާ ހުންނަ ސަރަހައްދަށް ނުވަދެވޭ ގޮތަށް އިއްޔެ ބަންދުކުރުމާއެކުވެސް ކުރިމަތިލުންތަކެއް ހިނގާފައި ވެ އެވެ. އަދި މި ކުރިމަތިލުންތަކުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދުވެފައި ވާއިރު 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޒަހަމްވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް