ގިނަ އަދަދެއްގެ ދިވެހި ފައިސާ، ޑޮލަރު، ޑެބިޓް އަދި ކްރެޑިޓް ކާޑު ތަކަކާއި އެކު ފަސް ބިދޭސީއަކު އަތުލައިގެންފި!

ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެ...

05 Sep 2024 | 17:05

ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން އިތުރު ތަފްސީލު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ރާއްޖޭގައި ގަވައިދާ ޚިލާފަށް ކުދި އަދި މެދުފަންތީގެ ވިޔަފާރީ ކުރަމުންދާ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަނުގައި،ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ އެމީހުންނަށް ވަނީ ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް