މަރިޔަމް ސަމާ ސަރީފް، އާއްމުން ދަންނަ ގޮތުން ނަމަ ޓިކްޓޮކް ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމަކީ މިހާރު ދިވެހިންނަށް އާ ޕްރޮގްރާމަކަށް ނުވާނެއެވެ.
ބޭސް ފަރުވާ އަދި އެހެނިހެން ކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަމާ ޓިކްޓޮކްގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މި އަހަރުގެ ތެރޭގައި ހަ އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ފޯރުކޮށްދިން އެހީގެ އަދަދު މިވަނީ ބައި މިލިޔަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައެވެ.
އިވެންޓްތަކަށް ވަކިވަކިން ބަލައިލާނަމަ
- އަންސަރާގެ ބޭސްފަރުވާއަށް: 111،826 ރުފިޔާ އަދި 458.96 ޑޮލަރު
- އަރީކްގެ ބޭސްފަރުވާއަށް: 77،563.08 ރުފިޔާ އަދި 207 ޑޮލަރު
- އައިރާގެ ބޭސްފަރުވާއަށް: 45،525.99 ރުފިޔާ އަދި 380 ޑޮލަރު
- ނޫހްގެ ބޭސްފަރުވާއަށް: 107،879.51 ރުފިޔާ އަދި 138.34 ޑޮލަރު
- ޒައުލްގެ ބޭސްފަރުވާއަށް: 93.108.18 ރުފިޔާ އަދި 446.94 ޑޮލަރު
- ޔަޝްވީގެ ބޭސްފަރުވާއަށް: 58602.04 ރުފިޔާ އަދި 763 ޑޮލަރު
- ފަލަސްތީނުގެ އާއިލާތަކަށް: 100،660 ރުފިޔާ އަދި 380 ޑޮލަރު
އެއީ ދިވެހި ރުފިޔާގެ ޖުމްލައަށް ބަލާނަމަ 595،164.8 ރުފިޔާ އެވެ. ޑޮލަރުގެ އަދަދަށް ބަލާއިރު 2،774.24 ޑޮލަރެވެ. ޑޮލަރު ރަސްމީ ރޭޓުން ބަލާނަމަ އެއީ 42،778.78 ރުފިޔާއެވެ. އެކު ޖުމްލަ ރުފިޔާއިން ބަލާނަމަ އެއީ 637،943.58 ރުފިޔާ އެވެ.
ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމްގެ މީޑިއާ ޕާޓްނަރަކީ ދުވަސް ނޫހެވެ. ދުވަހަށް މަޢުލޫމާތުދެމުން ސަމާ މިއަދު ބުނީ ސަމާ މި އަހަރަށް ކަނޑައަޅާ ޓާގެޓަކީ އެއް އެހީގެ ގޮތުގައި އެއް މިލިޔަން ރުފިޔާގެ އަމާޒަށް ވާސިލުވުން ކަމަށެވެ.
ސަމާގެ "ހިތުން ހިތަށް" ޕްރޮގްރާމްގެ އާ ސެގްމެންޓެއް މާދަމާރޭ ކުރިއަށްގެންދާނެއެވެ. މާދަމާގެ ރޭގެ ސެގެމެންޓްގެ އިތުރު މަޢުލޫމާތު ސަމާގެ ލައިވްގައި މިރޭ ހިއްސާކުރާނެއެވެ.
"ހިތުން ހިތަށް" ޕްރޮގްރާމްގެ މާދަމާގެ ރޭގެ ސެގްމަންޓް ސަމާގެ ޓިކްޓޮކް ހޭންޑަލް އަދި ދުވަސްގެ ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް