ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް

މާލޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ މއ....

05 Sep 2024 | 09:32

މާލޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގީ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިނުވާކަމަށާއި އަދި އަލިފާން ނިއްވާލެވިފައިވާކަމަށެވެ.

އެއީ ޔޫރޯ ސްޓޯރުގެ ގުދަނެއްގޮތުގައި ބޭނުންކުރަމުން އަންނަ ތަނެއް ކަމަށާއި އަލިފާން ރޯވެފައިވާކަމަށް ބެލެވެނީ އެތަނުގައި ހުރި ކަރަންޓު ބޯޑެއްގައި ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް