އިލެކްޓްރޯނިކް އާލާތްތަކެއް ވަގަށްނެގިކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފި

އިލެކްޓްރޯނިކް އާލާތްތަކެއް ވަގަށްނެގިކަމުގެ ތުހުމަތުގައި އިއްޔެ ހަވީރު ދެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ހައްޔަރުކޮށްފައިވަނީ ކ. މާލެ. މ. ދާރުލްޤަރާރު، އުމުރުން 30 އަހަރުގެ އި...

05 Sep 2024 | 08:30

އިލެކްޓްރޯނިކް އާލާތްތަކެއް ވަގަށްނެގިކަމުގެ ތުހުމަތުގައި އިއްޔެ ހަވީރު ދެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ހައްޔަރުކޮށްފައިވަނީ ކ. މާލެ. މ. ދާރުލްޤަރާރު، އުމުރުން 30 އަހަރުގެ އިސްމާއިލް ވިޝާލް އާއި ބ. ދަރަވަންދޫ، ވިދުވަރު، އުމުރުން 32 އަހަރުގެ ހުސެއިން ސާއިފެވެ.

ފުލުހުން ބުނެފައިވަނީ އިއްޔެ ހަވީރު 04:05 ހާއިރު މާލޭގެ ގެއެއްގެ ތެރޭގައި ހުރި މީހެއްގެ އަތުން ވަގަށް ނަގާފައިވާކަމަށް ޝައްކު ކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުނު މައްސަލައެއްގެ ތުހުމަތަށް ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް