މީޑިއާނެޓްގެ މޮބައިލް އެޕްލިކޭޝަން ގެންގުޅުއްވާ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން "ކިންގްސް ޕެކް" ގެ ނަމުގައި ޕެކޭޖެއް ތައާރަފުކޮށްފިއެވެ. މި ޕެކޭޖްގެދަށުން 1 ސެޕްޓެމްބަރ 2024 ވަނަ ދުވަހު ފެށުނު ދިވެހިރާއްޖޭގެ އެންމެ މަގްބޫލު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް" އަދި 14 ސެޕްޓްމްބަރ 2024 ގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ފުޓްސަލް ވޯލްޑްކަޕް އެންމެ 199 ރުފިޔާއަށް ބަލާލެވޭނެއެވެ.
މި ޕެކޭޖްގެ މުއްދަކަތީ އެކްޓިވޭޓް ކުރާދުވަހުން ފެށިގެން 90 ދުވަހަށެވެ. މި ދެ މުބާރާތް ވެސް ނިމެނީ އޮކްޓޯބަރ މަހުގައި ކަމަށް ވުމުން މި ޕެކޭޖް ނަންގަވައިގެން މި ދެ މުބާރާތް ވަރަށް ފަސޭހަ ކަމާއެކު ބަލާލެވޭނެއެވެ. މި ދެ މުބާރާތްވެސް ދައްކާނީ އައިސް ނެޓްވޯކްގެ ޗެނަލް ތަކުންނެވެ.
މި ޕެކޭޖްގެ ޚާއްސަ އަނެއްކަމަކީ މި ޕެކޭޖުން މީޑިއާނެޓްގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ ކަމަށްވާ "ވީޑިއޯކްލަބް"ގެ ކޮންޓެންޓްގެ އިތުރުން 80 ޗެނަލް ބަލާލެވޭކަމެވެ. މީޑިއާނެޓްގެ ވީޑިއޯކްލަބް ޕްލެޓްފޯމުގައި ދިވެހި އަމިއްލަ އުފެއްދުންތަކުން ފެށިގެން ބޭރުގެ ފިލްމާއި ސީރީޒް ހިމެނޭނެއެވެ.
ކްލަބް މޯލްޑިވްސް ކަޕް އަދި ފީފާ ފުޓްސަލް ވޯލްޑްކަޕް, މި ދެ މުބާރާތް ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދިއުމީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށްވާނެ ކަން ޔަގީނެއެވެ. އަދި މިއީ ކްލަބް މޯލްޑިވްސް ކަޕް އައިސް ނެޓްވޯކުން ދައްކާ 2ވަނަ އަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ.
މީޑިއާނެޓުގެ އެމް އެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެއެވެ.
އެމް އެސް ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑް ކުރެއްވުމަށް ފަހު - މީޑިއާނެޓު ކުއިކްޕޭ https://bit.ly/Medianet-Quickpay މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް