މިރޭ ހަވާ އަރުވަނީ ރަސްމިއްޔާތު ނިންމާ ވަގުތު

“އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023” ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހަވާ އަރުވާއިރު ހަވާ އަރުވާނީ ހަރަކާތްތައް ނިންމުމުގެ ގޮތުން ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ...

05 Sep 2023 | 16:23

“އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023” ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހަވާ އަރުވާއިރު ހަވާ އަރުވާނީ ހަރަކާތްތައް ނިންމުމުގެ ގޮތުން ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

"މިރޭ ޢިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާއެރުވުން އޮންނާނީ މިހާރު އެ ސަރަހައްދުގައި ކުރިއަށްދާ އިވެންޓްގެ އެންމެ ފަހު ހަރަކާތުގެ ގޮތުގައިކަން މަޢުލޫމާތަށްޓަކައި ދަންނަވަން" އެމްއެންޑީއެފުން ދެންމެ ބުނެފައިވެއެވެ.

އެމްއެންޑީއެފުން މިހެން ބުނެފައިވާއިރު ނުވައެއްޖަހާއިރަށް ހަވާ އަރުވާނެ ކަމަށް ހީކޮށް ގިނަ ބަޔަކު، ކުޑަކުދިން ހިމެނޭހެން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދަށް އެއްވެފައެވެ.

މިދިޔަ އާދީއްތަ ދުވަހު ނިމުނު އިންޑިއަން އޯޝަން ގޭމްސްގައި ރާއްޖެއިން ވަނީ 28 މެޑަލް ހޯދާފައެވެ. އެއީ ރަން ފަސް މެޑަލް، ރިހި ނުވަ މެޑަލް އިތުރުން ލޯ 14 މެޑަލްއެވެ.

މި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ 9:00 ގައި ޖުމްހޫރީ މައިދާނުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް