ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ރާނިޔާ ހަމީދު، ގާސިމްގެ ކެމްޕެއިނަށް މިއަދު އދ. ދަނގެއްޗަށް ވަޑައިގެންފިއެވެ.
ރާނިޔާ ދަނގެއްޗަށް ވަޑައިގަތުމާއިއެކު އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ކިޔުމަށް ނުކުމެފައެވެ. އަދި އޭނާއާއިއެކީ ވަނި ފޮޓޯވެސް ނަގާފައެވެ.
ގާސިމް ގެ އަނބިކަނބަލުން ރާނިޔާ ދަނގެތީގައި ކެމްޕެއިން ކުރެއްވަމުންދާއިރު، ގާސިމް މިވަގުތު ގެންދަވަނީ ހުވަދު އަތޮޅުގައި ކެމްޕެއިން ކުރައްވަމުންނެވެ.
ކެމްޕެއިން ދަތުރުފުޅުގައި ޤާސިމް އިބްރާހީމާއި އެމަނިކުފާނާއެކު ވަޑައިގަންނަވާ ޓީމުން މިހާތަނަށް ވަނީ ހދ.، ށ،. ނ.، ރ.، ބ.، ޅ.، އއ،. އދ.، ފުވައްމުލަކު އަދި އައްޑޫ ސިޓީގެ ގިނަ ރަށްތަކަކަށް ވަޑައިގެންފަވެއެވެ. އަދި ރަނިންމޭޓު ޑރ. އަމީން އިބްރާހީމާއި އެމަނިކުފާނާއެކު ދަތުރުކުރަށްވާ ޓީމުން ވެސް ވަނީ އަތޮޅުތަކުގެ އެކިއެކި ރަށްރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރަށްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް