މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމަށް ބޭނުންވާ ބައެއް ތަކެތި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި

ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ އޭބީސީ، އެސްފޮލްޓް އަދި ރޫފިންގ ސްޓްރަކްޗަރ މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދަވައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެނޑް ކޮންޓްރޭކަޓިން...

05 Sep 2023 | 11:42

ފ. މަގޫދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުއަށް ބޭނުންވާ އޭބީސީ، އެސްފޮލްޓް އަދި ރޫފިންގ ސްޓްރަކްޗަރ މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދަވައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެނޑް ކޮންޓްރޭކަޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 1,800 އަކަ މީޓަރުގެ ރަންވޭއެއް ހެދުމާއި، 81,443 އަކަ މީޓަރުގެ އޭޕްރަން ހެދުމާއި، 2,919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމާއި، 895 އަކަ މީޓަރުގެ ފަޔަރ ޕެޑްއެއް ހެދުމާއި، 3,059 އަކަ މީޓަރުގެ އެއަރޕޯޓް ރޯޑް ހެދުމާއި، 1,185 އަކަ މީޓަރުގެ ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގއެއް ޤާއިމުކުރުމާއި، ފަޔަރ ބިލްޑިންގ، ފަޔަރ ޕޮންޑް، އަދި އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރަށް، ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުމާއި، ފެންސިންގ ޖެހުމާއި، ޕެރިމީޓަރ ލައިޓިންގ ޖެހުމާއި، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، މެޓް ވަސީލަތްތައް ޤާއިމްކުރުމާއި، ގްރައުންޑް ހެންޑްލިންގ ވަސީލަތްތަށް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 264.9 މިލިއަން ރުފިޔާގެ އަގެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް