ކައިޒީން އެމްޑީޕީއާ ގުޅި ރައީސް ސޯލިހަށް ތާއީދު ކޮށްފި

ރާއްޖޭގެ މަޝްހޫރު މޮޑެލް އަދި އިންފްލުއެންޒަރ ކައިޒީން (ފާތިމަތު ޒަޔާން) އެމްޑީޕީއަށް ސޮއިކޮށްފިއެވެ. އެމްޑީޕީއިން ބުނީ، ސޯޝަލް މީޑިޔާ އިންފްލުއެންޒަރ ކައިޒީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތ...

05 Sep 2023 | 10:12

ރާއްޖޭގެ މަޝްހޫރު މޮޑެލް އަދި އިންފްލުއެންޒަރ ކައިޒީން (ފާތިމަތު ޒަޔާން) އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

އެމްޑީޕީއިން ބުނީ، ސޯޝަލް މީޑިޔާ އިންފްލުއެންޒަރ ކައިޒީން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

ސޯޝަލް މީޑިޔާގައި އެންމެ ވަރުގަދަ އެއް އިންފްލުއެންޒާރ ކައިޒީންގެ އުފަންދުވަސް ފާހަގަ ކުރި ފަހުން މާބޮޑަށް ސޯޝަލް މީޑިޔާއިން ފެނިފައެއް ނުވެއެވެ.

މާރޗް މަހުގެ 30 ވަނަ ދުވަހު ފޭނުންނާއި އާއިލާ މެންބަރުންނާއެކު ކައިޒީން ވަނީ އޭނާގެ އުފަންދުވަސް ކުލަ ގަދަ ރަސްމިއްޔާތަކާއެކު ފާހަގަ ކޮށްފައެވެ.

ކައި އުފަންދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފައިވަނީ އުސްފަސްގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހަ މި ނެޓަށް ހަވާ އަރުވާފައިވާއިރު ކައި ވަނީ ރަންކުލައިގެ ހެދުމެއްގައި ރަން ކުލައިގެ ބޮޑު ކޭކެއް ފަޅާފައެވެ.

ކައިގެ އުފަންދުވަހުގެ އެ ރަސްމިއްޔާތުގައި ކައިގެ ގިނަ އަދަދެއްގެ ފޭނުންނާއި އާއިލާ މެންބަރުން ބައިވެރިވެފައިވެއެވެ. އަދި ރޭގެ އެ ރަސްމިއްޔާތުގައި ހަވާ އެރުވި މަންޒަރު ބަލަން އުސް ފަސްގަނޑު ސަރަހައްދަށް އާންމުންގެ ގިނަ ބަޔަކުވެސް އެއްވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް