މިރޭ މާލޭގައި 10 މިނެޓަށް ހަވާ އަރުވާނެ

މިރޭ މާލޭގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނީ، މިރޭ 9:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާ އެރުވުން އޮންނާނެ ކަމަށެވެ. އަދި ހަވާ އަރުވާނީ 10 މިނެ...

05 Sep 2023 | 09:00

މިރޭ މާލޭގައި ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ، މިރޭ 9:00 ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާ އެރުވުން އޮންނާނެ ކަމަށެވެ. އަދި ހަވާ އަރުވާނީ 10 މިނެޓަށް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.

މިރޭ ހަވާ އަރުވަނީ "އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023" ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުންނެވެ.

މިދިޔަ އާދީއްތަ ދުވަހު ނިމުނު އިންޑިއަން އޯޝަން ގޭމްސްގައި ރާއްޖެއިން ވަނީ 28 މެޑަލް ހޯދާފައެވެ. އެއީ ރަން ފަސް މެޑަލް، ރިހި ނުވަ މެޑަލް އިތުރުން ލޯ 14 މެޑަލްއެވެ.

މި ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ 9:00 ގައި ޖުމްހޫރީ މައިދާނުގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް