ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވީ އިލްމުވެރިންގެ އެންމެ 24 އިންސައްތަ ކަމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
އިޔާޒް މިހެން ވިދާޅުވީ، އިލްމުވެރިންގެ ގުޅުމުގެ ގިނަ އިލްމުވެރިންގެ ތާއީދު މުއިއްޒުއަށް ލިބިވަޑައިގެންފި ކަމަށް ވައިބަރ ޕޯލަކުން ދެއްކުމާ ގުޅިގެންނެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިލްމުވެރިންގެ ގުޅުމުން ތާއީދު ކުރައްވާ ކެނޑިޑޭޓެއް ބެލުމަށްޓަކައި ވައިބަރ ޕޯލް އަކުން ވޯޓެއް ނަގާފައިވާ ކަމަށެވެ.
އެ ޕޯލްއިން ދައްކާ ގޮތުގައި، 87 އިލްމުވެރިންގެ ތާއީދާއެކު 82 އިންސައްތަ ތާއީދު ކުރައްވަނީ ޑރ. މުހައްމަދު މުއިއްޒަށެވެ. އަދި ނުވަ ވޯޓާއެކު 8 އިންސައްތަ އިލްމުވެރިން އުމަރު ނަސީރަށް ތާއީދު ކުރައްވާއިރު، ފަސް ވޯޓާއެކު ހަތަރު އިންސައްތް އިލްމުވެރިން ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހީމާއި ފާރިސް މައުމޫނު އަދި އިލްޔާސް ލަބީބުގެ އިތުރުން މުހައްމަދު ނާޒިމްގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގެންފައި ވަނީ އެންމެ ވޯޓެކެވެ. އޭގެ އިތުރުން ހަސަން ޒަމީލަށް ވޯޓެއް ލިބިވަޑާއިގެންފައެއް ނުވެއެވެ.
އެކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ 363 އިލްމުވެރިއެއްގެ އަތުގައި އޮންނަވާނެ ކަމަށެވެ. އޭގެ ތެރެއިން މުއިއްޒުއަށް ތާއީދު ކުރައްވާކަމަށް ވޯޓު ލައްވާފައި އެވަނީ 87 އިލްމުވެރިން ކަމަށެވެ. އަދި އެއީ އިލްމުވެރިންގެ 24 އިންސައްތަ ކަމަށް އިޔާޒު ވިދާޅުވިއެވެ.
މުއިއްޒުއަށް ތާއީދު ކުރަން ވޯޓު ނުދެއްވާ 267 އިލްމުވެރިން އެބަ ތިއްބެވި ކަމަށް އިޔާޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް