އިލްމުވެރިންގެ ގުޅުމުގެ ގިނަ އިލްމުވެރިންގެ ތާއީދު، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގެންފިއެވެ.
އިލްމުވެރިންގެ ގުޅުމުން ބުނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިލްމުވެރިންގެ ގުޅުމުން ތާއީދު ކުރައްވާ ކެނޑިޑޭޓެއް ބެލުމަށްޓަކައި ވައިބަރ ޕޯލް އަކުން ވޯޓެއް ނަގާފައިވާ ކަމަށެވެ.
އެ ޕޯލްއިން ދައްކާ ގޮތުގައި، 87 އިލްމުވެރިންގެ ތާއީދާއެކު 82 އިންސައްތަ ތާއީދު ކުރައްވަނީ ޑރ. މުހައްމަދު މުއިއްޒަށެވެ. އަދި ނުވަ ވޯޓާއެކު 8 އިންސައްތަ އިލްމުވެރިން އުމަރު ނަސީރަށް ތާއީދު ކުރައްވާއިރު، ފަސް ވޯޓާއެކު ހަތަރު އިންސައްތް އިލްމުވެރިން ތާއީދު ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އިންތިހާބުގައި ވާދަކުރައްވާ ގާސިމް އިބްރާހީމާއި ފާރިސް މައުމޫނު އަދި އިލްޔާސް ލަބީބުގެ އިތުރުން މުހައްމަދު ނާޒިމްގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގެންފައި ވަނީ އެންމެ ވޯޓެކެވެ. އޭގެ އިތުރުން ހަސަން ޒަމީލަށް ވޯޓެއް ލިބިވަޑާއިގެންފައެއް ނުވެއެވެ.
އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރުމަށް މިހާތަނަށް ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް