ރިޔާސީ ކެމްޕޭނަށް ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އއ. މަތިވެރިއަށް ވަޑައިގެންނެވުނުން، މުއިއްޒުއަށް ހަމަލަދޭން މީހަކު މަސައްކަތް ކޮށްފިއެވެ.
މުއިއްޒު މަތިވެރިއަށް ވަޑާއިގެންނެވީ މިއަދު ހެނދުނު ސީޕްލޭންގައެވެ.
އެރަށަށް ވަޑައިގެންނެވުމަށް ފަހު މުއިއްރު ވަނީ ރަށުތެރެއަށް އަރާ ވަޑައިގެން އާއްމުންނާ ސަލާމް ކުރައްވާފައެވެ.
ދިގު ސަފެއްގައި އެތުރިގެން ތިބި މީހުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، ވަކި ހިސާބަކުން ސަފުގައި ހުރި ފިރިހެނަކު ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ވަގުތުން އެތަނުގައި ތިބި އާއްމުން ވަނީ އެމީހާ ދުރަށް ޖައްސާފައެވެ.
އަދި އެތަނުގައި ހުރި އިތުރު މީހަކު ހަމަނުޖެހުން ހިންގަން މަސައްކަތް ކުރަން އުޅުމުން ސިފައިން ވަނީ އެމީހާ އެތަނުން ދުރަށް ޖައްސާފައެވެ.
އެހެންކަމުން މުއިއްޒު ވަޑައިގެންނެވީ ޖަލްސާ ކުރުމަށް އެރަށުގައި ހާއްސަ ކޮށްފައިވާ މާލަމަށެވެ. އަދި އެރަށުން ޕާޓީއާ އަލަށް ގުޅުނު މީހުން ސޮއި ކުރުމާއެކު ޖަލްސާ ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް