ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވެގެންދާނެ: ރައީސް ސޯލިހް

މިއަދު މާލޭގައި ފެށި އާންމު ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ އާރްޓީއެލްގެ މިނީ ބަހު...

05 Sep 2022 | 16:57

މިއަދު މާލޭގައި ފެށި އާންމު ބަހުގެ ހިދުމަތް އިތުރަށް ތަރައްގީވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އާރްޓީއެލްގެ މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށިގެންދިއުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން އާރްޓީއެލް ނެޓްވޯކްގެ މިނީބަހުގެ ހިދުމަތް ފެށިގެން ދިއުމަކީ މި ނިޒާމު ފުރިހަމަކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މި ހިދުމަތްވެ އިތުރަސް ތަރައްގީވެގެންދާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ ފަތިހު 5:45 އިން ދަންވަރު 12:15 އާއި ހަމައަށެވެ. މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މި ހިދުމަތް ހިލޭ ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް