އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު ލީޒް ޓްރަސް އަށް، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަރްހަބާ ދަންނަވައިފިއެވެ.
ރައީސް ސޯލިހް ލީޒް ޓްރަސް އަށް މިއަދު މަރްހަބާ ދެންނެވީ ލީޒް ޓެގް ކުރައްވައި ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
https://twitter.com/ibusolih/status/1566759451516076033
ލީޒް ބޮޑުވަޒީރުކަމަށް މިއަދު ހޮވިވަޑައިގެންނެވީ ކޮންޒަވޭޓިވް ޕާޓީއިން އެ މަގާމަށް ލީޒް އާ ދެން ވާދަކުރި ކެނޑިޑޭޓްކަމަށްވާ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސްނަކްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.
ލީޒް ބޮޑުވަޒީރުކަމަށް ހޮވިފައިމިވަނީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އައު ބޮޑުވަޒީރަށް މަގާމު ހަވާލުކުރައްވާނީ ރާނީގެ އަތްޕުޅުންނެވެ. މާދަމާ މަގާމާ ހާވާލުވެ އިނގިރޭސިވިލާތުގެ އާ ސަރުކާރު ލީޒް އެކުލަވާލައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް