ދަރިއަކު ހޯދުމުގައި ވިދްޔުތަށް ކޮންމެ ގޮތެއްވެސް އޯކޭ!

ބޮލީވުޑްގެ އެކްޓަރު އަދި މާޝަލް އާޓްސްއަށް ކުޅަދާނަ ވިދްޔުތް ޖަމްވާލް ދަރިއަކު ހޯދުމުގައި ވަކި ގޮތެއް ހިޔާރު ނުކުރާނެ ކަމަށް ބުނެފި އެވެ. ދަރިއަކު ހޯދުމާއި ގުޅޭގޮތުން އޭނާ ވާހަކަ ދެއްކީ އޭނާގެ ފިލްމު ...

05 Sep 2022 | 12:08

ބޮލީވުޑްގެ އެކްޓަރު އަދި މާޝަލް އާޓްސްއަށް ކުޅަދާނަ ވިދްޔުތް ޖަމްވާލް ދަރިއަކު ހޯދުމުގައި ވަކި ގޮތެއް ހިޔާރު ނުކުރާނެ ކަމަށް ބުނެފި އެވެ.

ދަރިއަކު ހޯދުމާއި ގުޅޭގޮތުން އޭނާ ވާހަކަ ދެއްކީ އޭނާގެ ފިލްމު "ހުދާ ހާފިޒް 2" ގައި އޭނާ ފެނިގެންދިޔަ ކެރެކްޓާ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. މި ފިލްމަކީ 2020 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ހުދާ ހާޒިފް" ގެ ދެ ވަނަ ސީކުއެލްއެކެވެ.

"ހުދާ ހާފިޒް 2" ރިލީޒް ކުރީ މިދިޔަ ޖުލައި މަހު އެވެ.

ވިދްޔުލް ބުނީ އޭނާއަށް މުހިންމީ ދަރިއަކު ހޯދާ ގޮތަށްވުރެ ދަރިއެއް ކަމަށެވެ. އެގޮތުން ސަރޮގޭޓް ކޮށްގެން ނުވަތަ އެޑޮޕްޓުކޮށްގެން ދަރިއަކު ހޯދުންވެސް މައްސަލައެއް ނޫން ކަމަށް ބުންޏެވެ.

ކޮންމެ މީހަކުވެސް ދަރިއަކު ބޭނުންވާ ނަމަ ބޭކާރު ދުވަސްތަކެއް ހޭދަ ނުކޮށް އަވަހަށް އެކަން ކުރަން ޖެހޭނެ ކަމަށާއި ދަރިއަކު ލިބެން ނެތް ބަޔަކަށް ކިތަންމެ މަސައްކަތެއް ކުރިޔަސް ނުލިބުމަކީ ވެދާނެ ކަމެއް ކަމަށެވެ.

ވިދްޔުތް ބުނީ އޭނާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެއް ކަމަށެވެ. އަދި ކުޑަކުދިންނާއި އެކު ފިލްމު ކުޅޭއިރު އެކުދިން ޖަހާ ސަކަރާތަށް ކެތް ކުރެވޭ ކަމަށް ބުންޏެވެ.

"ހުދާ ހާފިޒް 2" ގައި ފެނިގެން ދަނީ ދެމަފިރިއަކާއި އެމީހުން އެޑޮޕްޓުކޮށްގެން އުޅޭ އަންހެން ދަރިއަކާއި ގުޅޭ ވާހަކައެކެވެ.

ވިދްޔުތްގެ ލޯބިވެރިޔަކީ މަޝްހޫރު ފެޝަން ޑިޒައިނަރު ނަންދިނީ މަހްތާނީ އެވެ. ދެމީހުން ސިއްރުން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ފަހުން އެންގޭޖުވިކަން އިއުލާނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި ދެމީހުން މިހާރު އުޅެނީ ކައިވެނިވެސް ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް