ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދިދާނެކަމުގެ އިޝާރާތެއް

ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދިދާނެކަމުގެ އިޝާރާތެއް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ދީފިއެވެ. އިންޑިއާގައި ގާއިމްކޮށްފައި ހުންނަ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ނިމުތުކުރާގޮތުގައި މި ހަފްތާގ...

05 Sep 2022 | 11:06

ބަންގާޅު ކަނޑުގައި ތޫފާނެއް އުފެދިދާނެކަމުގެ އިޝާރާތެއް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ދީފިއެވެ.

އިންޑިއާގައި ގާއިމްކޮށްފައި ހުންނަ ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ނިމުތުކުރާގޮތުގައި މި ހަފްތާގެ ބުދަ ދުވަސް ހިސާބުގައި "ސައިކްލޯނިކް ސާކިއުލޭޝަން" އެއް ބަންގާޅު ކަނޑުގައި އުފެދިދާނެއެވެ. އަދި މި ސާކިއުލޭޝަންގެ ބާރުގައި އޭގެ ފަހަށް އަންނަ 48 ގަޑިއިރުގެ ތެރޭގައި ބަންގާޅުކަނޑުގައި ކޮޅިގަނޑެއް އުފެދިދާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.

ބަންގާޅު ކަނޑޭ މި ކިޔޭ ސަރަހައްދަކީ މިޔަންމާ އާއި ބަންގްލަދޭޝް އަދި އިންޑިއާ އަދި ސްރީލަންކާގެ މެދުގައިވާ ސަރަހައްދުގެ ކަނޑެވެ.

ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނާގޮތުގައި ތޫފާނެއް އުފެދިދާނެފަދަ "ސައިކްލޯނިކް ސާކިއުލޭޝަނެއް" އުފެދުމުގެ ފުރުސަތު އޮތީ އަންޑަމަން ކަނޑާއި ބޭ އޮފް ބެންގާލްގެ ދެކުނާއި އަދި ޓެނައްސެރިމް ކޯސްޓް ގުޅޭ ސަރަހައްދުގައެވެ. ޓެނައްސެރިމް ކޯސްޓަކީ މެލޭސިޔާ އާ ގާތް ފަޅިއެވެ.

ތޫފާނެއް އުފެދިދާނެ ފަދަ ސެޓަޕެއް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އުފެދުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވާއިރު ރާއްޖެ މަތީގައިވެސް ބޯ ވިލާތަކެއް އެބަ އޮތެވެ. ރާއްޖެއަށް މިހާރުވެސް މޫސުން ގޯސްވެފައިވާއިރު ބަންގާޅު ކަނޑުގައި އުފެދިދާނެކަމަށް އެ ބުނާ ސެޓަޕުންވެސް ރާއްޖެއަށް ނުސީދާ އަސަރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

އެހެންނަމަވެސް މިއީ އަދި ނިމުތު ކުރެވޭ ކުރެވުމެއްކަމުން ތޫފާނެއް އުފެދިދާނޭކޭ ބުނާކަށް ނޭނގޭނެއެވެ. ތޫފާނެއް އުފެދިއްޖެ ނަމަ އެ ތޫފާނުގެ ނަމަކަށް ވާނީ ތޫފާން "ސިތުރަންގް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް