މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި، ވަޔާއި ކަނޑު ގަދަވާނެ

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ. މޫސުމައި ބެހޭ ގައުމީ އިދާރާ (މެޓް)ން ބުނީ ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު2:00 ން ރޭގަނޑު8:00 އަށެވެ. މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި މ...

05 Sep 2022 | 08:55

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފި އެވެ.

މޫސުމައި ބެހޭ ގައުމީ އިދާރާ (މެޓް)ން ބުނީ ވައިޓް އެލާޓު ނެރެފައިވަނީ މެންދުރު2:00 ން ރޭގަނޑު8:00 އަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި މުޅު ރާއްޖެއަށް އާންމު ގޮތެއްގައި19 މޭލާއި24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަަމަށެވެ. ވިލާގަނޑުގައި45 މޭލަށް ވައިގަދަވާނެ އެވެ.

ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަދު ހެނދުނު ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދަށް ޔެލޯ އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ވަނީ އެ ވަގުތުގައި އެ ސަރަހައްދުގެ ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަަމށް ލަފާކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް