ނޫސްވެރިއަކު ކުރި ޓުވީޓެއްގެ މައްސަލަ އެމްއެމްސީން ބަލަން ފަށައިފި

ނޫސްވެރިޔަކު ކުރި ޓުވީޓެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަން ފަށައިފި އެވެ. އެމްއެމްސީން ބަލަން ނިންމީ އޮންލައިން ނޫސް "ދިޔަރެސް" ގެ ނޫސްވެރިޔާ އަހުމަދު އަޒާން ކުރި ޓުވީ...

05 Sep 2022 | 08:35

ނޫސްވެރިޔަކު ކުރި ޓުވީޓެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބަލަން ފަށައިފި އެވެ.

އެމްއެމްސީން ބަލަން ނިންމީ އޮންލައިން ނޫސް "ދިޔަރެސް" ގެ ނޫސްވެރިޔާ އަހުމަދު އަޒާން ކުރި ޓުވީޓެއްގެ މައްސަލަ އެވެ. އަދި އެ ނޫހުގެ މައްސަލަވެސް ބަލަން ނިންމާފައިވެ އެވެ.

އެމްއެމްސީން ކުރި ޓްވީޓެއްގައި ބުނީ އެއާޕޯޓުން ހައްޔަރުކުރި ބިދޭސީންނާއި ގުޅޭ ގޮތުން "ދިޔަރެސް" ގައި ޝާއިއުކުރި ޚަބަރާއި  ގުޅިގެން ދެ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށެވެ.

އެއީ އެ ހަބަރުގެ މައްސަލަ އަދި އެޚަބަރާއި ގުޅޭ ގޮތުން ނޫސްވެރިޔާ އޭނާގެ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓާއި ގުޅިގެން ހިނގައިދިޔަ ކަންކަން ކަމަށެވެ.

އެ މައްސަލަ ބަލަން ނިންމައި ޝަކުވާ ބަލާ ކޮމެޓީއަށް މައްސަލަ ފޮނުވަން ނިންމާފައިވާ ކަމަށް ބުނެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް