އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭންތަކާއި ގެނެވިފައިވާ ބަދަލުތަކާއެކު އެޗްޑީސީގެ ޓީމާއެކު މަސައްކަތްތައް ކުރިޔަށް ގެންދިއުން ކަމަށް އެ ކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެޗްޑީސީގެ އެމްޑީގެ މަގާމަށް އާތިފަށް މަރުހަބާ ދެންނެވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
އާތިފްވިދާޅުވީ "އަމާޒަކީ މިހާރު ހެދިފައިވާ ޕްލޭންތަކާއި ގެނެވިފައިވާ ބަދަލުތަކުގައި އަޅުގަނޑާއި އެކީ މަސައްކަތް ކުރަމުން މިއައި ޓީމާ އެކީ މި މަސައްކަތްތައް އިތުރަށް ހަލުވިކޮށް އަވަސްކޮށް ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި އެކަން ކުރިޔަށް ގެންދިއުން" ކަމަށެވެ.
އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކުރިންހުންނެވި އާތިފްގެ އެޗްޑީސީގފެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމަށް ހަމަޖެއްސުމުން އެ ކުންފުނިން ބުނެފައިވަނީ އޭނާގެ މެނޭޖުމަންޓު ކަމުގެ ދަށުން އެކުންފުންޏަށް އިތުރު ކާމިޔާބީތައް ލިބި އެކުންފުނި އިތުރު ހަރުފަތަކަށް ދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އާތިފް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ސުހައިލް އަހްމަދު ރިޓެއަރ ކުރެއްވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް