އިރާދަކުރެއްވިއްޔާ 2033 ގައި ދިވެހިރާއްޖޭގައި ރައީސަކަށް ހުންނަވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމުގައި އެ ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާ އިމްރާން މިހެން ވިދާޅުވީ އެ ޕާޓީގެ ތިންވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 17 ވަނަ ބައްދަލުވުން ބެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
"މާތް ﷲ އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް" ދުރު އަމާޒެއް ކަނޑައަޅުއްވަމުން އިމްރާން ވިދާޅުވެފައިވެއެވެ.
https://twitter.com/ShimranAb/status/1566674187624026113
އަދާލަތު ޕާޓީން ދުރު ރާސްތާ އަމާޒެއް ކަނޑައަޅާފައިވާއިރު ރާއްޖޭގައި ޕާޓީ ނިޒާމު އުފެދި އެއަށްފަހު އުފެދޭ ކޮންމެ ވެރިކަމެއްގައިވެސް އަދާލަތު ޕާޓީގެ ހިއްސާ އޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް