ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ ޝަރީއަތްވެސް ކެންސަލް ވެއްޖެ އެވެ.
އަދު ކުރިޔަށް ގެންދަން ހަަމަޖެހިފައި އޮތީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ އެވެ. ޝަރީއަތް ތާވަލު ކޮށްފައި އޮތީ ހެނދުނު9:30 އަށެވެ.
ކްރިމިނަލް ކޯޓުން މީޑިއާގައި ބުނީ މިއަދުގެ ޝަރިއަތް ކެންސަލް ކުރީ ޝަރީއަތުގެ މާލަމަށް ފެނުގެ އަސަރުކޮށްފައިވާތީ އާއި މާލަމުގެ އެކި ހިސާބުތަކުން މިހާރު ވެސް ފެން ފައިބަމުންދާތީ އެވެ. އެހެންވެ މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތީ ކަަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުންތައް ކުރިއަށް އޮތް ދެ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
މި މައްސަލަ އެންމެ ފަހުން ޝަރީއަތެއް ތާވަލު ކުރީ މިދިޔަ މަހުގެ30 އަށެވެ. އެ ދުވަހު ޝަރީއަތް ކެންސަލް ކުރީ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ޗުއްޓީއަށް ވަޑައިގެންނެވުމުންނެވެ.
މިއަދަށް އޭރު ތާވަލްކޮށްފައި އޮތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.
އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. މި ދެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ އެއްކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް