"އާޝިގީ 3" ގެ ލީޑްރޯލުން ފެނިގެންދާނީ ކާތިކް އާރިޔަން ކަން ހާމަ ކޮށްފި އެވެ.
"އާޝިގީ 3" ދޭނެ ކަމަށް ކުރިން އަޑުފެތުރުނީ ސިދާތް މަލޯތްރާއަށެވެ. މި ފްރެންޗައިސްގެ ދެ ވަނަ ފިލްމަކީވެސް ބޮޑު ކާމިޔާބެއް ހޯދި ފިލްމަކަށް ވާތީ ގިނަ ބަޔަކު ދަނީ ތިން ވަނައެއް އުފައްދާނެ ދުވަހަށް އިންތިޒާރު ކުރަމުންނެވެ.
އާރްޔަން އިންސްޓަގްރާމްގައި ވަނީ "އާޝިގީ 3" ގެ ނަން ޖަހައި އެ ފިލްމަށް ހާއްސަ ލަވައެއް ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގައި އޭނާ ބުނީ އެއީ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ބާސޫ އާއި އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމަށް ވާނެ ކަމަށެވެ.
"އާޝިގީ"ގެ ފުރަތަމަ ފިލްމު ރިލީޒް ކުރީ 1990 ވަނަ އަހަރު އެވެ. އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ އަނޫ އަގަރްވާލް އާއި ރާހުލް ރޯއީ އެވެ.
ދެވަނަ ފިލްމު ރިލީޒް ކުރީ 2013 ވަނަ އަހަރު އެވެ. އަދިތިޔަ ރޯއީ އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެން ދިޔަ ދެ ވަަނަ ފިލްމަކީ އަދިތިޔަ ބޮލީވުޑްގައި ވިދާލި ފިލްމެވެ.
ކާތިކްގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު ފިލްމު "ސަތަޔަޕްރޭމް ކީ ކަތަ" ގައި ބައިވެރިވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ކިއަރާ އަދްވާނީ އާއި އެކު ލީޑް ރޯލުން ފެނިގެންދާ އެ ފިލްމުގެ އިތުރުން ޝެހެނާޒް ގިލް އާއި އެކުވެސް ކާތްރިލްގެ ފިލްމެއް ގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް