ބޭސް ނަގާއިރު މުއްދަތު ހަމަވާ ތާރީހަށް ރަނގަޅަށް ބަލާ: އާސަންދަ

މުއްދަތު ހަމަވެފައިވާ ބޭހެއް ވިއްކައިފި ނަމަ އެކަން އާސަންދައަށް އެންގުމަށް އެދިއްޖެ އެވެ. އާސަންދަ އޮފީހުން ބުނީ ބޭސް ގަންނަ އިރު މުއްދަތު ހަމަވެފައިވޭތޯ ރަނގަޅަށް ބެލުމަށް އެދޭ ކަމަށެވެ. މުއްދަތު ހަ...

05 Sep 2022 | 04:37

މުއްދަތު ހަމަވެފައިވާ ބޭހެއް ވިއްކައިފި ނަމަ އެކަން އާސަންދައަށް އެންގުމަށް އެދިއްޖެ އެވެ.

އާސަންދަ އޮފީހުން ބުނީ ބޭސް ގަންނަ އިރު މުއްދަތު ހަމަވެފައިވޭތޯ ރަނގަޅަށް ބެލުމަށް އެދޭ ކަމަށެވެ. މުއްދަތު ހަމަވާ ތާރީހު ނެތް ނަމަ ބޭސް ނުނެގުމަށް އެދިފައިވެ އެވެ.

އެ ކުންފުނިން ބުނީ ލިބެނީ ރަނގަޅު ބޭސްތޯ ބަލައި މައްސަލައެއް އުޅޭނަމަ ރިޕޯޓު ކުރަން ވާނެ ކަމަށެވެ.

އާސަންދައިގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ މި ގޮތަށް ސަމާލުވާން އެދުނީ ބޭސް ފިހާރަތަކުން މުއްދަތުހަމަވެފައިވާ ބޭސް ވިއްކުމާއި ބޭސް ސިޓީގައި ލިޔެފައި ހުންނަ ބޭސް ނޫން އެހެން ބޭސްތައް ވިއްކާކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ލިޔެފައި ހުންނާތީ ކަމަށެވެ. އެ ގޮތަށް ސޯޝަލް މީޑީއާގައި ބައެއް ވާހަކަތައް ހުރި ނަމަވެސް ރަސްމީ ގޮތެއްގައި އާސަންދައާ ހަމައަށް އެފަދަ މައްސަލައެއް ހުށަނާޅާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ރިޕޯޓު ކުރަން ޖެހެނީ އާސަންދައިގެ މޯބައިލް އެޕުން ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖެއް ފޮނުވައިގެން ނުވަތަ އާސަންދައިގެ ޝިކާވަތި ޗެޓްލައިން ނަންބަރު 7951400 އަށް ވައިބާ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް ކޮށްގެން ރިޕޯޓް ކުރުމަށް އެދިފަ އެވެ.

މުއްދަތު ހަމަވެފައިވާ ބޭސް ވިއްކާ ކަމަށާއި ބައެއް ބޭސް ފިހާރަތަކުން ބޮޑު އަގުގައި ބޭސް ވިއްކާ ކަމުގެ ޝަކުވާ ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް