މިސްރުގައި ކައިވެންޏަށް ދެކޮޅު ހަދާ ޒުވާން އަންހެނުންގެ ގަޔަށް ބަޑިޖަހާ މެރުން އިތުރުވަނީ!

ކައިވެންޏަށް ދެކޮޅު ހެދި މިސްރު އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 19 އަހަރުގެ އަމާނީ އަބްދުލް ކަރީމް އަލް ގައްޒާރު މަރާލީ އާއިލާ ކުރިމަތީގައި އޭނާގެ ގޭގަ...

05 Sep 2022 | 03:25

ކައިވެންޏަށް ދެކޮޅު ހެދި މިސްރު އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 19 އަހަރުގެ އަމާނީ އަބްދުލް ކަރީމް އަލް ގައްޒާރު މަރާލީ އާއިލާ ކުރިމަތީގައި އޭނާގެ ގޭގައި އެވެ. މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ އުމުރުން 29 އަހަރުގެ އަހުމަދު ފާތީ އަމެއިރާ އެވެ.

އަމާނީގެ އާއިލާއިން މީޑިއާގައި ބުނީ އެމީހުންގެ ދަރިފުޅު ކައިވެނި ކުރަން ދެކޮޅު ހެދީ އެއްވެސް އުޅުމެއް ނެތް މަގުމައްޗަށް ގިނަވެގެން އުޅޭ މީހަކަށް ފާތީ ވާތީ އެވެ. ފާތީ އެމީހުންގެ ދަރިފުޅު ގަޔަށް ބަޑި ޖެހީ ކައިވެންޏަށް ނޫނެކޭ ބުނުމާއި އެކު އެވެ.

އަމާނީ އަކީ ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރެކެވެ. މި ހާދިސާ ހިނގާފައިވަނީ މިސްރުގެ ތުހް ތަންބިޝާގައ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއީ މިސްރުގައި މިހާރު އިތުރު ވަމުން އަންނަ މައްސަލައެކެވެ. އެގޮތުން މިއަހަރު ތެރޭގައި 21 އަހަރުގެ ދެ އަންހެނަކު ކައިވެންޏަށް ދެކޮޅު ހެދުމުން ވަގުތުން ބަޑިޖަހާ މަރާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް