ސްރީ ލަންކާގެ އުދަވޭރިޔާ އެސްޓޭޓް ސަރަހައްދުގެ ކޯރެއްގެ އައްސޭރީގައި ސެލްފީއެއް ނަގަން އުޅުނު ޒުވާނަކު ވެއްޓި މަރުވެއްޖެއެވެ.
ލަންކާގައި މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.
އެ ޒުވާނާއާއެކު އިތުރު ޒުވާނެއްވެސް އެ ކޯރު ކައިރިއަށް އެ ދުވަހު ދިޔަ ކަމަށާއި އުމުރުން 24 އަހަރުގެ ޒުވާނާ ފައި ކައްސާލައި ކޯރުގެ ތެރެއަށްވެއްޓި މަރުވީ ސެލްފީއެއް ނަގަން އުޅުމުގެ ތެރޭގައި ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކޯރަށް ވެއްޓުނު ޒުވާނާގެ ހަށިގަނޑު ފެނުނީ 200 މީޓަރު ތިރިން ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލަ ސްރީ ލަންކާގެ ހަލްދުމުއްލާ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް