އައްޑޫ ސިޓީން މިއަދުވެސް 40އެއްހާ މީހުންނަށް ކޯވިޑް ޖެހިއްޖެ

އައްޑޫ ސިޓީން މިއަދުވެސް 40 އެއްހާ މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ. އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މިރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުންމިއަދު އަލަށް އެ ސީޓީގެ ރަށްތަކުން 39...

05 Sep 2021 | 16:00

އައްޑޫ ސިޓީން މިއަދުވެސް 40 އެއްހާ މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މިރޭ އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުންމިއަދު އަލަށް އެ ސީޓީގެ ރަށްތަކުން 39 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެއާއި އެކު އެ ސިޓީގެ ރަށްތަކުގައި ހުރި ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 307 އަށް އަރާފަ އެވެ.

އޭގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

މިއަދު ޕޮސިޓިވްވި މީހުންގެ ތެރެއިން ހަ މީހުންނަކީ މަރަދޫއިން ޕޮސިޓިވްވި މީހުންނެވެ. ދެން ބަލި ޖެހިފައިވަނީ ހިތަދޫއިން 13 މީހުންނާއި މަރަދޫފޭދޫން އެކަކާއި ފޭދޫއިން ފަސް މީހުން، ހުޅުދޫއިން ހަތެއް އަދި މީދޫއިންވެސް ހަތް މީހުންނެވެ.

މވަގުތު ކޯވިޑް ޖެހިފަތިބި މީހުންގެ އަދަދަށް ބަލާއިރު މަރަދޫގައި 144 މީހުން އެބަތިއްބެވެ. މަރަދޫފޭދޫގައި 10 މީހުން ތިބި އިރު ފޭދޫގައި 22 މީހުން، މީދޫގައި 29 މީހުން އަދި ހިތަދޫގައި 91 މީހުންގެ އިތުރުން ގަމުގައި އެކަކު އަދި ހުޅުދޫގައި ކޯވިޑް ޖެހިފަ ހުރި 10 މީހުން އެބަތިއްބެވެ.

މިހާތަނަށް އެ ސިޓީގެ ރަށްތަކުން 1،051 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 741 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި 18،000 އަށްވުރެ ސާމްޕަލް ނަގާފައިވެ އެވެ.

އައްޑޫގެ ރަށްތަކުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާއިރު އެ ސިޓީގެ ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް