ތާޖުއްދީން ސްކޫލުގެ، ސްކޫލް ކެޕްޓަން ހޮވުމަށް ވޯޓުލުން ބާއްވައިފި

ތާޖުއްދީން ސްކޫލުގެ، ސްކޫލް ކެޕްޓަން ހޮވުމަށް ވޯޓުލުން ބާއްވައިފި އެވެ. މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތާއި ގުޅޭގޮތުން ދުވަސްއެމްވީއަށް މަޢުލޫމާތި ދެއްވަމުން ޑިޕިއުޓީ ޕްރިންސިޕަލް ފާތުމަތު މުޙައްމަ...

05 Sep 2021 | 11:47

ތާޖުއްދީން ސްކޫލުގެ، ސްކޫލް ކެޕްޓަން ހޮވުމަށް ވޯޓުލުން ބާއްވައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތާއި ގުޅޭގޮތުން ދުވަސްއެމްވީއަށް މަޢުލޫމާތި ދެއްވަމުން ޑިޕިއުޓީ ޕްރިންސިޕަލް ފާތުމަތު މުޙައްމަދު ވިދާޅުވީ ސްކޫލު ކެޕްޓަންކަމަށް އަންހެން 6 ދަރިވަރުންނާއި ފިރިހެން 2 ދަރިވަރުން ވާދަ ކުރާ ކަމަށެވެ. އަދި ސްކޫލް ކެޕްޓަންގެ ގޮތުގައި ކޮންމެ ޖިންސަކުން ވެސް ދަރިވަރަކު ހޮވާނެ ކަމަށެވެ.

"ވޯޓުލުން ފެށީ މިއަދު ހެނދުނު 07:15 ގަ. އެއީ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުވާ ގަޑިކަމަށް ވާތީ. މި ދަންފަޅީގެ ވޯޓުލުން 10 ޖަހަންދެން ކުރިއަށް ގެންދިޔައިން. މެންދުރުފަހުގެ ދަންފަޅި ކުރިއަށް ގެންދިޔައީ 12:30 އިން ތިނެއް ޖަހަންދެން. އެއީ މުދައްރިސުންނަށް ވޯޓުލެވޭނީ އެގަޑީގައި ކަމަށްވާތީ." ޑިޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްކޫލު ކެޕްޓަންކަމަށް ވާދަކުރާ ދަރިވަރުންގެ ތެރެއިން އަންހެން 2 ދަރިވަރުން ފިޔަވައި، ދެންތިބީ ސްކޫލުގެ އެކި ގުނަވަންތަކުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ ދަރިވަރުން ކަމަށެވެ.

މި ވޯޓުގެ ނަތީޖާ އިޢުލާން ކުރާނީ މާދަމާ ހެނދުނު ހުރިހާ ދަރިވަރުންގެ ހާޒިރުގައި ޕްރިންސިޕަލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތާޖުއްދީން ސްކޫލުގެ، ސްކޫލު ކެޕްޓަން ހޮވުމަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންގެ ޓީމެއްގެ ބެލުމުގެ ދަށުން އޮންލައިން ސިސްޓަމެއް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް