ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.
ކުއްލިގޮތަކަށް ނޫސްވެރިންނާ ބައްދަލުކުރައްވަން އޭނާ ނިންމާފައި މިވަނީ ޖުޑިޝައަރީއަށް ނުފޫޒު ފޯރުވުމަށް އޭނާ ބައެއް ފަނޑިޔާރުންނަށް ގުޅުއްވާ ކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރަމުންއަންނަ ވަގުތެއްގަ އެވެ. އަދި އަދި މަގާމުން ވަކި ކުރެވިފައިވާ ބައެއް ފަނޑިޔާރުން ވެސް އެގޮތަށް ވިދާޅުވަމުން ގެންދަވަނިކޮށެވެ.
މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް ފާދިކިޔުންތައް އަމާޒުވެފައިވާ އިރު، ޗީފް އޮފް ސްޓާފް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ މިއަދު ހަވީރު 16:30 ގަ އެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް