މަލީހު ރަތަށް! އެމްޑީޕީއަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފެއް؟!

އެމްޑީޕީ އަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފެއް ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިއަދު އޮންލައިންކޮށް ރައްޔިތުންގެ ...

05 Sep 2021 | 10:56

އެމްޑީޕީ އަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފެއް ކަމަށް މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަފުޅުތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

މަލީހު ވިދާޅުވީ ވަޢުދުވީ މަޖިލިސް މެޖޯރިޓީ ލިބިއްޖެއްޔާ ހުރިހާ ކަމެއްކޮށްދޭނެ ކަމަށް ކަމަށެވެ. އަދި މެޖޯރިޓީއާއި ސަރުކާރު ލިބުނީމަ އެއްބޭފުޅަކު މުލިޔާގޭ ހޮހަޅަޔަކަށް ވަންގޮތައް ނުނިކުންނަވާ ކަމަށް ވިދާޅުވި އެވެ.

އަދި އަނެއް ބޭފުޅާ ފިއްލަވައިގެން ބޮޑު މުސާރަ ނަންގަވައިގެން ހުންނެވީ އިގިރޭސިވިލާތުގައި ކަމަށްވެސް ވިދާޅުވި އެވެ. މަލީހު ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންނަށް ޖެހިފައިވާ ތަކުލީފެއް ކަމަށެވެ

https://twitter.com/maleehjamal/status/1434437775349063684

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް