ގއ ޒުވާބަކާއި ގުޅިގެން ކަނޑުހުޅުދޫގައި އަންހެނެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރި ޒުވާބަކާ ގުޅިގެން ހިގައިދިޔަ މި މާރާމާރީގައި ތިން މީހަކު ވެގެން އެއަންހެން މީހާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފަ އެވެ.
އެގޮތުން ނޭފަތް މަތީގައި ޖެހުމުން ނޭފަތް ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭއައިސް ހުރި ކަަމަށް ވަނީ މައުޅުމާތު ލިބިފަ އެވެ. އަދި އަނިޔާކޮށްފައިވަނީ ސްކޫލް ކައިރިން ދެކެވުނު ވާހަކައަކާ ގުޅިގެން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެރަށުން ވާހަކަދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އަނިޔާ ލިބުނު އަންހެން މީހާގެ ގޭގެ ބޭރުގައި ހުއްޓާ ތިން މީހަކު އައިސް ސައިކަލުން އޭނާ ވައްޓާލާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާއަށް އެރަށު ސިއްޙީމަރުކަޒުން ފަރުވާދެމުން އަންނަކަމަށެވެ.
މި މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، މި މާރާމާރީ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިކަމެއް އަދިހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް