މައްސަލަ ބޮޑުވެ ހުރިހާ ގްރޭޑްތަކެއްގެ ޤުރުއާނާއި އިސްލާމް ފޮތްތައް އަލުން ރިވިއު ކުރަން ފަށައިފި

ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވުމާއި ގުޅިގެން އެ ދެ މާއްދާގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށައިފި އެވެ. ނެޝަނަލް އިންސްޓިޓ...

05 Sep 2021 | 09:35

ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ޤުރުއާނާއި އިސްލާމް ފޮތްތަކުގައި ކުށް ގިނަވުމުގެ މައްސަލަ ބޮޑުވުމާއި ގުޅިގެން އެ ދެ މާއްދާގެ ފޮތްތައް އަލުން ރިވިއު ކުރަން ފަށައިފި އެވެ.

ނެޝަނަލް އިންސްޓިޓިއުޓ އޮފް އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް ތައާރަފު ކުރި ތަދުރީސުލް ޤުރުއާން ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ އިތުރުން އެހެން ގްރޭޑްތަކުގެ އިސްލާމާއި ޤުރުއާން މާއްދާގެ ފޮތްތަކުގައި ކުށްހުރިކަން ވަނީ ފާހަގަ ކުރެވިފަ ކަމަށެވެ. އެހެންވެ އެފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް މިކަން ހިނގާދިޔަ ގޮތް ބަލަން ނިންމާފައިވާ ކަމަށެވެ.

އަދި މިފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް ފޮތް އެކުލަވާލުމުގެ ހަރަކާތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބަދަލު ގެނެވިފައިވާ ކަމަށް ބުނެ އެވެ. އެގޮތުން އެ އިންސްޓިޓިއުޓްގެ މުވައްޒަފުން ނުހިމެނޭހެން ފަންނީ ބޭފުޅުންގެ ޓީމަކުން އިސްލާމާއި ޤުރުއާން މާއްދާގެ ހުރިހާ ފޮތްތަކެއް އަލުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް