އަލީ ޒާހިރަށް ކުރާ ތުހުމަތުތައް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނެ: މަބްރޫކް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި އެހެންވެސް މައްސަލަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒުު ފޯރުވާ ކަމަށް ބުނަމުންދާ ވާހަކަ ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް...

05 Sep 2021 | 08:37

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި އެހެންވެސް މައްސަލަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނުފޫޒުު ފޯރުވާ ކަމަށް ބުނަމުންދާ ވާހަކަ ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އަލީ ޒާހިރު ޝަރީއަތްތަކަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވީ ކުރީގެ ފަނޑިޔާރުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

އެވާހަކަތައް ހާމަ ކުރެއްވީ ހައި ކޯޓުގައި ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު އެވެ.

މި މައްސަލައިގަ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އަލީ ޒާހިރަށް ކުރާ ތުހުމަތުތައް ސާބިތު ވެއްޖެ ނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. މަބްރޫކް ވަނީ ޒާހިރުގެ މައްސަލަ ޖޭއެސްސީން ބަލަމުންދާކަން ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

ސަރުކާރުން މިހެން ބުނެފައިވާއިރު އަލީ ނިސްބަތްވާ އަދާލަތު ޕާޓީ އާއި ދީނީ އިލްމުވެރިން ދަނީ އޭނާއަށް ފުރިހަމަ އިތުރުބާރު ކުރާ ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް