މުސާރަ ނަންގަވާ ކަމަށާއި މުސާރަ ނުނަގައިފި ނަމަ ދިރިއުޅެވޭނެ ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުސާރަ ނަންގަވާ ކަމަށެވެ. ނަމަވެސް، ކޮމިޓީތަކުގައި ބައިވެރި ނުވާތީ ކޮމިޓީ އެލަވެންސް ނުލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އާމްދަނީ ލިބޭނެ އެހެން ގޮތްތައް ހުރި ނަމަވެސް އެމަނިކުފާނަށް އެ ފަދަ ގޮތެއް ނެތްކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ކުރިމަތިވެފައިވާ ހާލަތު ހުރިހާ ފަރާތްތަކަކަށްވެސް އެނގޭނެކަމަށެވެ. އަދި މިއީ އެމަނިކުފާނު އަމިއްލަފުށަށް ކުރިމަތި ކުރުވި ހާލަތެއް ނޫންކަންވެސް އެނގޭނެކަމަށް ވިދާޅުވިއެެވެ.
ރައިސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމުން މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅުން ގޮވާލާފައިވާއިރު އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާދޭން ނުޖެހޭކަމަށެވެ. އަދި އެމަނިކުފާނު ބޭރުގައި ހުންނެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް