އައްޑޫ ސިޓީން އިތުރު32 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އަލަށް ޕޮސިޓިވްވި މީހުންނާއި އެކު އެ ސިޓީގެ ރަށްތަކުގައި270 އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.
އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރެއިން21 މީހުންނަކީ މަރަދޫއިން ޕޮސިޓިވްވި މީހުންނެވެ. ދެން ބަލި ޖެހިފައިވަނީ ހިތަދޫއިން10 މީހުންނާއި މަރަދޫފޭދޫން އެކަކެވެ.
މވަގުތު ކޯވިޑް ޖެހިފަތިބި މީހުންގެ އަދަދަށް ބަލާއިރު މަރަދޫގައި139 މީހުން އެބަތިއްބެވެ. މަރަދޫފޭދޫގައި ނުވަ މީހުން ތިބި އިރު ފޭދޫގައި17 މީހުން، މީދޫގައި22 މީހުން އަދި ހިތަދޫގައި79 މީހުންގެ އިތުރުން ގަމުގައި އެކަކު އަދި ހުޅުދޫގައި ކޯވިޑް ޖެހިފަ ހުރި ތިން މީހުން އެބަތިއްބެވެ.
މިހާތަނަށް އެ ސިޓީގެ ރަށްތަކުން1،012 މީހުންނަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން739 މީހުން ވަނީ ރަނގަޅުވެފަ އެވެ. އަދި18،000 އަށްވުރެ ސާމްޕަލް ނަގާފައިވާއިރު މިހާތަނަށް ނަތީޖާ ނުލިބެނީ226 ސާމްޕަލްގެ އެވެ.
އައްޑޫގެ ރަށްތަކުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާއިރު އެ ސިޓީގެ ހުރިހާ ރަށްތަކެއް ވަނީ މޮނިޓަރިންއަށް ލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް