ހައެއްފަހެއްގައި ދިން ނިރުބަވެރި ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
އޮންލައިންކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮތީ މިއަދު މެންދުރު 12:30 ގައެވެ.
2021، މޭ މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާއަށް ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު، އިތުރު ފަރުވާ އަށް ވަޑައިގެން މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ ކޮން އިރަކު ކަމެއް އަދި ހާމައެއް ނުކުރައްވަ އެވެ. އެ މަނިކުފާނު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯއްދެވުން އަދިވެސް ނުނިމޭތީ އާއި ހަމަލައެއްގެ ބިރު އަދިވެސް އޮތުމުން ރާއްޖެ ވަޑައިގެންނެވެން ނެތް ކަމަށް ވިދާޅުވެ އެވެ.
އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ، ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އަށް ކުރެއްވި މެސެޖެއްގަ އެވެ. ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދޮންބިލެތް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕާ އެ މެސެޖު ހިއްސާ ކުރައްވާފަ އެވެ.
ނަޝީދުގެ މެސެޖުގައި ވިދާޅުވީ، އުމުރުފުޅުން 53 އަހަރުގައި ހަޔާތްޕުޅުގެ ގިނަ ދުވަސްތަކެއް ވަރަށް ވޭނާއި ހިތާމައިގައި ހޭދަކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.
މި އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ އެ މަނިކުފާނަށް ދިން ބޮމުގެ ހަމަލާއާ އެކު، އާއިލާ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށާއި އަނބުރާ ރާއްޖެ ވަޑައިގެންފި ނަމަ އަވަހާރަ ކޮށްލާނެ ކަމަށް ދެ ދަރިކަނބަލުން ދެކެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންވެ، ރާއްޖެ ވަޑައިގަތުމަށް އަދިވެސް ދުވަސް ބޭނުންފުޅުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް