ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށް ޕީޕީއެމްގެ ރައީސްކަން ގެއްލޭފަދަ އިސްލާހެއް ގާނޫނަށް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އެކަމާ ދެކޮޅަށް މަސައްކަތްކޮށްދިނުމަށް އެދި އަދި ރައީސް މައުމޫނަށް ތާއީދު ކުރާކަން ހާމަކޮށް މިއަދުވެސް ޕީޕީއެމްގެ ހަތަރު ގޮތްޕަކުން ބަޔާން ނެރެފި އެވެ.
ޕީޕީއެމްގެ ހަތަރު ގޮތްޕަކުން މިއަދު ބަޔާން ނެރެފައިވާއިރު ފާއިތުވި ތިން ދުވަހު އެކު ޖުމްލަ 14 ގޮތްޕަކުން 14 ބަޔާނެއް ނެރެފައި ވެ އެވެ.
މިއަދު ބަޔާން ނެރެފައިވަނީ އިހަވަންދޫ އަސުރުމާ ގޮފި، ގަލޮޅު އިތުރު ބާގި ޖެއްސުން ގޮފި، އައްޑު ހިތަދޫ ދަންމާރު ގޮފި އަދި ކޮލަމާފުށީ ރޫހު ގޮފިންނެވެ.
ގޮފިތަކުގެ ބަޔާންތަކުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވަނީ ޕީޕީއެމް އަށް ރައީސް މައުމޫންގެ މުހިންމު ކަމެވެ. އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އެ އިސްލާހާ ދެކޮޅަށް ކުރެވެންހުރި މަސައްކަތެއް ކޮށްދިނުމަށް ޕީޕީއެމްގެ އާންމު މެމްބަރުންނާއި ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ކިބައިން ގޮފިތަކުން އެދިފައި ވެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެއްޖެނަމަ ރައީސް މައުމޫނަށް ޕީޕީއެމްގެ ރައީސްކަން އަދި ގާސިމް އިބްރާހިމް އަށް ޖޭޕީގެ ލީޑަރުކަން ގެއްލޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް