ފުރުޤާނު މިސްކިތުގައި އެއްޗެއް ގޮއްވާލައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮއްވާލާފައި ވަނީ ސާފު ފުޅިއެކެވެ.
މިކަމާއިމެދު ފުލުހުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ. މިސްކިތުގައި އެވަގުތު ތިބި ބައެއް މީހުން މައުލޫމާތު ދޭގޮތުން 12 ވަރަކަށް ފިރިހެންކުދިން ޓެރަސް މައްޗަށް އެރި އެވެ. އަދި އެ ކަމަކީ އެ ކުދިން ހިންގި ކަމެއް ކަމުގައި ބެލެވޭކަމަށް މިސްކިތުގައި ތިބި ބައެއް މީހުން ބުނެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނީ ފަސް ވަރަކަށް ކުދިން ފުލުންގެ ބެލުމުގެ ދަށަށް އެ ސަރަހައްދުން ގެންގޮސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް