މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް ނ.މިލަދޫ ކައުންސިލްގެ ރައީސް ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފި އެވެ.
މިލަދޫ ކައުންސިލްގެ ރައީސް އިލްޔާސް އަބްދުއްސަމަދު ސަސްޕެންޑް ކޮށްފައިވަނީ އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގަ އެވެ. ސަސްޕެންޑް ކުރީ ކައުންސިލް ހިންގުމަށް ނުކުޅެދިފައިވާކަމަށްބުނެ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިލްޔާސް ސަސްޕެންޑް ކުރަން ނިންމުމާއި ގުޅިގެން އޭނާއަށް އެކަން އެންގުމަށާއި، އޭނާގެ މުސާރައާއި އިނާޔަތްތައް ހިފެހެއްޓުމަށް އެލްޖީއޭއިން މިހާރުވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް