ސީރިޔާގެ ރެފިއުޖީންނަށް އަހަރުމެން މަރުހަބާ ކިޔަމު: އާޖެންޓީނާ

ސީރިޔާގެ ދާހިލީ ހަނގުރާމައިގާ އެގައުމު ދޫކޮށް ހިޖުރަ ކުރަމުން އަންނަ ރެފިއުޖީންނަށް އުފަލާއެކު މަރުހަބާ ކިޔާކަމަށް އާޖެންޓީނާއިން ބުނެފި އެވެ. އެ ގައުމުގެ ކެބިނެޓް ޗީފް، އަނިބަލް ފަނާންޑޭޒް ބުނީ އެގައ...

05 Sep 2015 | 05:12

ސީރިޔާގެ ދާހިލީ ހަނގުރާމައިގާ އެގައުމު ދޫކޮށް ހިޖުރަ ކުރަމުން އަންނަ ރެފިއުޖީންނަށް އުފަލާއެކު މަރުހަބާ ކިޔާކަމަށް އާޖެންޓީނާއިން ބުނެފި އެވެ.

އެ ގައުމުގެ ކެބިނެޓް ޗީފް، އަނިބަލް ފަނާންޑޭޒް ބުނީ އެގައުމުން ސީރިޔާގެ ރެފިއުޖީންނަށް މަރުހަބާ ކިޔަނީ މީގެ އަހަރެއްހާ ދުވަސްކުރިން އެގައުމުގައި ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ އެގައުމުގެ އާދަކާދައިގެ މަތިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

އާޖެންޓީނާގެ އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ސީރިޔާގެ 100 އެއްހާ ރެފިއުޖީންނަށް މަރުހަބާ ކިޔާފައިވާނެ ކަމަށް އާޖެންޓީނާއިން ހާމަކުރެ އެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ހަތަރު އަހަރުވެފައިވާއިރު ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން އެގައުމު ދޫކޮށް ހިޖުރަކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. މި އަދަދަކީ ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައިވެސް ގައުމަކުން ހިޖުރަކޮށްފައި ނުވާވަރުގެ އަދަދެއް ކަމަށް އދ އިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް