މެދުއިރުމައްޗަށް ސުލްހަ ގެންނަން އެމެރިކާއާއެކު މަސައްކަތްކުރަން ތައްޔާރު: ސައުދީ

މެދުއިރުމަތީގެ މަސްރަހު ފިނިކޮށް އެ ސަރަހައްދަށް ސުލްހަ ގެންނަން އެމެރިކާއާއެކު މަސައްކަތްކުރަން ތައްޔާރުކަމަށް ސައުދީ ރަސްގެފާނު ސަލްމާން ވިދާޅުވެއްޖެ އެވެ. ސައުދީ ރަސްގެފާނު މިހެން ވިދާޅުވީ އެމަނިކު...

05 Sep 2015 | 05:00

މެދުއިރުމަތީގެ މަސްރަހު ފިނިކޮށް އެ ސަރަހައްދަށް ސުލްހަ ގެންނަން އެމެރިކާއާއެކު މަސައްކަތްކުރަން ތައްޔާރުކަމަށް ސައުދީ ރަސްގެފާނު ސަލްމާން ވިދާޅުވެއްޖެ އެވެ.

ސައުދީ ރަސްގެފާނު މިހެން ވިދާޅުވީ އެމަނިކުފާނު އެމެރިކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ބައްދަލު ކުރެއްވުމުގެ ކުރިން ރަސްގެފާނު ސަލްމާން ވިދާޅުވީ ސައުދީން އެމެރިކާއާއެކު ގުޅުންތައް ބަދަހިކޮށް ވިޔަފާރީގެ އިތުރު ދޮރުތައް ހުޅުވާލަން ޖެހޭ ކަމަށެވެ.

"އެކުވެރި، ގާތް ގުޅުމެއް އޮންނަ ގައުމަކަށް އާދެވުނީތީ އަދި ގާތް އެކުވެރިއަކާ ބައްދަލުވީތީ އުފާކުރަން، އަހަރެމެން ބޭނުންވަނީ ދުނިޔޭގެ ސުލްހައަށް މަސައްކަތް ކުރަން" ރަސްގެފާނު ވިދާޅުވި އެވެ.

ސަލްމާން އިތުރަށް ވިދާޅުވީ އެމެރިކާއާއި ގުޅުން ބަދަހިކުރުމަކީ މެދުއިރުމަތީގެ އިތުރުން މުޅި ދުނިޔެއަށްވެސް ފައިދާތަކެއް ވާނޭ ކަމަށާއި ބަދަހިވަމުންދ ގުޅުމުގެ ސަބަބުން ސައުދީއަށާއި އެމެރިކާއަށްވެސް ފައިދާ ވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅުގައި ޔަމަންގެ މައްސަލައާއި އިރާނުގެ ނިއުކްލިއާ މައްސަލައިގެ އިތުރުން އިރާގާއި ސީރިއާގެ މަސްރަހާމެދު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް