ބަގްލަދޭޝްގައިި ކުރަމުން ދިޔަ މުޒާހަރާ ހޫނުވެ ބަގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާގެ ރިޔާސީ ގަނޑުވަރަށް އާއްމުން ވަދެ އަނައުނުކޮޅަކަށް ދަންދެން ލޫޓުވާލާއިފިއެވެ.
ބަގްލަދޭޝްގައި މުޒާހަރާ ފަށާފައިވަނީ،1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން އެ ގައުމު މިނިވަން ކުރުމަށް ހަނގުރާމަ ކުރި ބަތަލުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރުގެ ބައެއް ވަޒީފާތައް ޙާއްސަ ކުރުމުގެ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ މުޒާހަރާ ހޫނުވެ ގިނަ ބަޔަކަށް އަނިޔާވެ ގިނަ ބަޔަކު ވަނީ މަރުވެސް ވެފައެވެ.
މިއަދު ހަސީނާ ވަނީ ބޮޑު ވަޒީރުކަމުން އިސްތިއުފާދީ ގައުމު ދޫކޮށް ފިއްލަވާފައެވެ.
ރިޔާސީ ގަނޑުވަރަށް އާއްމުންގެ ގިނަ ބަޔަކު މިއަދު ވަދެ ވަނީ އެތަނުގައި ހުރި މުދާތައްވެސް ގެންގޮސްފައެވެ. މީޑިއާތަކުން ފެންނަ ބައެއް ވީޑިއޯތަކުން ގޮނޑިއާއި މޭޒު ފަދަ ތަކެތިވެސް ގެންދާ މަންޒަރު ފެނެއެވެ.
ހަސީނާ އިސްތިއުފާ ދިނުމުން ބަގްލަދޭޝްގެ ރައްޔިތުން ވަނީ އުފާ ފާޅުކޮށްފަައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް