ހުރިހާ ކަމެއް ހުއްޓާލާފައިވެސް މި ވަގުން ހައްޔަރުކުރަންވީ، ގައުމު ލޫޓުވައިފި: ތިމަރަފުށި މުސްތަފާ

ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަަރު މުޙައްމަދު މުސްތަފާ މިހެން ވިދާޅުވެފައިވަނީ، އާރްޑީސީން ކުރީގެ ރިޔާސީ ދައުރު އޮތް މެނޭޖުމަންޓުން އެއްވެސް ލިޔެކިޔުމެއް ނެތި އެކި އެކައުންޓުތަކަށް161 މިލިއަން ރުފިޔ...

05 Aug 2024 | 17:11

ކުރީގެ ތިމަރަފުށީ ދާއިރާގެ މެންބަަރު މުޙައްމަދު މުސްތަފާ މިހެން ވިދާޅުވެފައިވަނީ، އާރްޑީސީން ކުރީގެ ރިޔާސީ ދައުރު އޮތް މެނޭޖުމަންޓުން އެއްވެސް ލިޔެކިޔުމެއް ނެތި އެކި އެކައުންޓުތަކަށް161 މިލިއަން ރުފިޔާ ޓްރާސްފައިކޮށްފައިވާކަމަށް މިހާރު އާރްޑީސީ ކުންފުނީގެ މެނޭޖުމަންޓާއި ހަވާލުވެ ހުންނެވި ކުންފުނީގެ މެނޭޖުމަންޓުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބުނުމުން އެކަމާއި ގުޅިގެންނެވެ.

" ހުރިހާ ކަމެއް ހުއްޓާލާފައިވެސް މި ވަގުން ހަތަރެސްފައިބަދެފަ ބިޑި އަޅުވައިގެން ޖަލުގަ ހައްޔަރު ކުރަންވީ. ގައުމު ލޫޓުވައިފި" މުސްތަފާ ވިދާޅުވެފައި ވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރައްޔިތުން މަޖިލީހުގައި އޮންނަ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީގައި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ވިދާޅުވވީ އެއްވެސް ލިޔުމެއް ނުފެންނަ ޓްރާސްފާތަކެއްކޮށްފައިވާ ކަން ފާހަގަވެފައިވާކަމަށެވެ.

"2022 ގައި އެއްވެސް ޑޮކިއުމަންޓެއް ނެތި އެބައިނޭ66 މިލިއަން ރުފިޔާ ހަރަދުކޮށްފައި، ފައިސާ ދޫކޮށްފައި،2023 ނޮވެމްބަރާ ހަމައަށް އެބަ އޮތް95 މިލިއަން ރުފިިޔާ އެއްވެސް ސްޓޭޓްމަންޓެއް ނެތި ރިލީޒުކޮށްފައި އެކައުންޓުުން" އޭނާ ވިދާޅުވެފައި ވެއެވެ.

އަދި މީގެއިތުރުން ނަސީރު ވިދާޅުވެފައިވަނީ، ކޮރަޕްޝަން ގިނަވާ ގޮތަށް ކުންފުނި ހިންގުމުގެ ސަބަބުން،837 މިލިއަން ރުފިޔާގެ ދަރަންޏެއް އާ މެނޭޖުމަންޓް ހަވާލުވި އިރު އޮތް ކަމަށް ނަސީރު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް