ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރ ކުރާ ތާކަށް އިމިގްރޭޝަންގެ ރެއިޑެއް - ހަތަރު ބިދޭސީއަކު އަތުލައިގަތް

ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރ ކުރާ ތަނެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެގޮތުން އިމިގްރޭޝަނުން ދެންމެ ބުނީ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑ...

05 Aug 2024 | 15:16

ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރ ކުރާ ތަނެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެގޮތުން އިމިގްރޭޝަނުން ދެންމެ ބުނީ ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެމުންދިޔަކަމަށް "އިމިގްރޭޝަން ވޮޗް" އަށް ރިޕޯޓުކޮށްފައިވާތަނެއް މިއަދު ބަލައި ފާސްކޮށްފައިވާކަމަށާއި އެތަނުގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް އިމިގްރޭޝަނުން މިއަދު ޝުކުރު އަދާކޮށްފައިވެއެވެ. އިމިގްރޭޝަނުން ބުނެފައިވަނީ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރިޕޯޓުކުރައްވަމުން ގެންދެވުން އެދިލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް