ބަންގްލަދޭޝްގެ ބޮޑު ވަޒީރު ހަސީނާ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ޤައުމުދޫކޮށް ފިއްލަވައިފިކަމަށް ބަގްލަދޭޝްގެ މީޑިއާ ތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.
މިކަމާ ގުޅިގެން ބަގްލަދޭޝްގެ ސިފައިންގެ ވެރިޔާ، ސިޔާސީ ލީޑަރުންނާއިއެކު ކުއްލި ބައްދަލުވުމަކަށް ގޮވާލައްވާފައި ވާކަމަށާއި، އެ ބައްދަލުވުމަށްް ފަހު އެކަމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ވެސް ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ.
ހަސީނާ އިސްތިއުފާދެއްވާފައި މިވަނީ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ90 އަށް ވުރެން ގިނަ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
ބަގްލަދޭޝްގައި މުޒާހަރާ ފެށީ،1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން އެ ގައުމު މިނިވަން ކުރުމަށް ހަނގުރާމަ ކުރި ބަތަލުންގެ ގާތްތިމާގެ މީހުންނަށް ސަރުކާރުގެ ބައެއް ވަޒީފާތައް ޙާއްސަ ކުރުމުގެ ނިޒާމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އެ މުޒާހަރާ ހޫނުވެ ގިނަ ބަޔަކަށް އަނިޔާވެ ގިނަ ބަޔަކު ވަނީ މަރުވެސް ވެފައެވެ.
ބޮޑު އާބާދީއެއްް އޮންނަ ބަންގްލަދޭޝްގައި ކުރަމުންދިޔަ މުޒާހަރާތަކުގެ އަޑީގައި ތިބީ އިދިކޮޅު ޕާޓީތަށް ކަމަށް ހަސީނާ ވަނީ ތުހުމަތު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް