މިދިޔަ މަހު ތެރޭވެސް އިޒްރޭލުގެ 100 އަށް ވުރެންް ގިނަ މީހުން ރާއްޖެ އައިސްފައިވޭ

ނިމިދިޔަ ޖުލައި މަހުތެރޭގައިވެސް އިޒްރޭލުގެ 124 މީހުން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަމަށް އިމިގްރޭޝަންއިން ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އިޒްރޭލް ޕާސްޕޯޓު މަނާކުުރުމުގެ މައްސަލަ ކޮމިޓީގަ...

05 Aug 2024 | 09:48

ނިމިދިޔަ ޖުލައި މަހުތެރޭގައިވެސް އިޒްރޭލުގެ 124 މީހުން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަމަށް އިމިގްރޭޝަންއިން ހާމަ ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުުރުމުގެ މައްސަލަ ކޮމިޓީގައި އޮންނަތާ56 ދުވަސް ވެފައި ވާއިރު އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ސަރުކާރުން އަދި ކޮށްފައެއް ނުވެއެވެ.

އެގޮތުން މިއަހަރު ފެށުނުތާ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ވެސް އިޒްރޭލުގެ819  މީހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުން ކެބިނެޓުން ނިންމުމަށް ފަހު އެކަން އިއުލާން ކުރީ ހަތަރު ވަޒީރުންނާއި އެޓާނީ ޖެނެރަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުން އިއުލާން ކުރީ " އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ސަރުކާރުން ނިންމަވައިފި" ކަމަށެވެ. އަދި އެ މަސައްކަތަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށް ނިނަްމި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ ގިނަ ރައްޔިތުން ދަނީ އެކަމަާ ކަންބޮޑުވަން ފުޅާކުރަމުންނެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން ނިންމީީ ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމަށް ގޮވާލާފައި ވަނިކޮށްށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް